Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

މިކުރަނީ މަޝްރޫއުތަކުގެ ޕޯސްޓު-އޮޑިޓް ދަތުރުތަކެއް: ޔާމީން

ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވަނީ ހަމައެކަނި ރައްޔިތުންނާ ބައްދަލުކުރުމަށް ނޫން ކަމަށާއި، މިދަތުރުތަކުގެ މައިގަނޑު އެއް ބޭނުމުގެ ތެރޭގައި މަޝްރޫއުތަކުގެ ޕޯސްޓު އޮޑިޓެއް ހެދުންވެސް ހިމެނޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މ. ދިއްގަރަށް ޔާމީން ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކާގައި ވިދާޅުވީ ރައްޔިތުންނާ ބައްދަލުކޮށް ހާލު ބަލަން ވަޑައިގަތުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ދަތުރުތަކުގައި ހިމެނޭ ދެވަނަ ބޭނުމަކީ، ވެރިކަމުގެ ފަސް އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތަކުގެ ޕޯސްޓު އޮޑިޓް ހެދުން ކަމަށް ވިދާޅުވިއެވެ.

ބަހާލެވިގެން ވަރަށް ގިނަ ތަރައްގީގެ މަޝްރޫއު ރާއްޖެއަށް ގެނެސްދެއްވިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މިއަދުގެ އޮތް ސަރުކާރުން އެ މަޝްރޫއުތަކާ މެދު ރައްޔިތުން މިހާރު ދެކޭ ގޮތް ބެލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"ދިއްގަރަށް އައުމުން އެނގުނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓު ޔަގީން ކުރެވި ރައްޔިތުން ހިތްހަމަ ޖައްސައިދެވުނަސް، މިހާރު 24 ގަޑިއިރު ކަރަންޓު ޔަގީން ނޫން ކަން މިއެނގެނީ،" ޔާމީން ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ.