ސ. ފޭދޫ ކުދިމާ ޕްރީ ސްކޫލުން ބާއްވާ ޖަމްބަލް ސޭލް ޖުލައި މަހުގެ 2-3 ގައި ބާއްވާ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފި އެވެ.
އެ ސްކޫލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ސްކޫލްގެ ހަރަކާތްތަކަށް ފަންޑް ރައިޒް ކުރުމުގެ ގޮތުން ބާއްވާ ސޭލް އޮންނާނީ އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ.
އެގޮތުން އެ ދެ ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ޖަމްބްލް ސޭލް ކުރިއަށް ގެންދާ ގޮތަށް ވަނީ ރާވާފަ އެވެ.
މި ސޭލްގައި ދެ ޖިންސްގެ މީހުންގެ ހެދުމާއި ކުޑަ ކުދިންގެ ބޫޓާއި ފައިވާނާއި ބަދިގެ ސާމާނުތައް ވަރަށް އަގު ހެޔޮކޮށް ލިބޭނެ ކަމަށް ކުދިމާ ޕްރީ ސްކޫލުން ބުންޏެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ ގިނަ އައިޓަމްތަކެއް ވެސް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
އެހެންވެ ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ޖަމްބްލް ސޭލް އަށް ޒިޔާރަތް ކުރުމަށް ކުދިމާ ޕްރީ ސްކޫލުން އެދެ އެވެ.