ހ.ފެހިއާބާދުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާރާތްތަކުގައި ތާށިވެފައި ތިބިކަމަށް ބުނާ އެންމެން ސަލާމަތް ކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގެއްލުންވި އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކަލާފާނު ސްކޫލްގައި ގާއިމް ކުރެވިފައިވާ ޑިޒާސްޓަރ ސެންޓަރުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން މާރިޔާ ވިދާޅުވީ ތުންތުން މަތިން ބައެއް ވާހަކަ ދެކެވޭތީ އެކަން ތަކުރާރުކޮށް އެމްއެންޑީއެފްގެ ފަޔާ އެންޑު ރެސްކިއު އޮފިސަރުން އަރައި ބަލާފައިވާ ކަމަށެވެ. އެގޮތުން ތާށިވެފައި ތިބި އެންމެން ﷲގެ އިރާދަފުޅާއި އެކު ސަލާމަތް ކުރެވިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިހާތަނަށް ކަލާފާނު ސްކޫލްގައި 50 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަަށެވެ.
ތަފްސީލް އަންނަނީ….