ފަސޭހަ.ކޮމް އާއި އަޑަފި މޯބައިލް އެޕްއިން ރާއްޖޭގެ ނޫސްތަކުގެ ހަބަރު ނަގައި ރީ- ޕަބްލިޝްކޮށް އޭގެއިން މަންފާ ހޯދާ މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މީޑިއާ ކައުންސިލުން މި މައްސަލަ ބެލުމަށް ނިންމީ އެޝަކުވާ ނޫސް އިދާރާތަކުން ކައުންސިލަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އަޑަފި އަދި ފަސޭހަ.ކޮމްއިން ރާއްޖޭގައި ހިންގާ ގިނަ ނޫސްތަކުގެ ހަބަރު ގެނެސްދޭއިރު އެދެ ފަރާތުންވެސް ދަނީ އިޝްތިހާރު ވިއްކައި އާމްދަނީ ހޯދަމުންނެވެ.
މީޑިއާ ކައުންސިލުން ވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް މީޑިއާތަކާއި ބައްދަލު ކުރުމަށް ނިންމާފައެވެ. އަދި މީޑިއާ ކައުންސިލްގެ މީޑިއާ ދަފްތަރު އަޕްޑޭޓް ކުރުމަށާއި އެ ކައުންސިލުން ބަލާ މައްސަލަތަކުގެ އަމަލުކުރާނެ ގޮތުގެ އާ އުސޫލުގެ ފައިނަލް ޑްރާފްޓް ނިންމައި މީޑިއާތަކާ ހިއްސާކުރުމަށްވެސް ވަނީ ނިންމާފައެވެ.