މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މާލޭގެ ހެންވޭރު ސަރަހައްދުގައި ގުދަނެއްގައި ރޯވެ އިތުރު ހަ ގެއަކާއި ހަ ގުދަން އަނދާ ހުލިވެދިޔަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބަޔަކު ގަސްދުގައި ކުރިކަމަކުންކަން މިހާތަނަށް ކުރި ތަހުގީގުން ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބާއްވާމުންދާ ނޫސް ކޮންފަރެންްސްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ބަޝީރު ވިދާޅުވީ އަދިވެސް ތަހުގީގު ކުރިއަށްދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ފެނިފައި، ލިބިފައިނުވާ ކަމަށެވެ.
ތަހުގީގުގައި މިހާތަނަށް 118 އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައިވާއިރު 27 ސީސީޓީވީ ފުޓޭޖް ނަގައި، 25 ފުޓޭޖް ބަލާ ދިރާސާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާނުގައި ގެއްލުންވި 20 މީހުންނާއި މަންޒަރު ދުށް 23 މީހަކާއި ސުވާލުކޮށް ބަޔާން ނެގިފައިވާއިރު އަދި އެއްވެސް ހެއްކެއް، އަލިފާން ރޯވީ ބަޔަކު ގަސްދުގައ ކުރި ކަމަކުން ކަމަށް ނުބެލެވޭ ކަމަށް ސުޕްރިޑެންޓް ވިދާޅުވިއެވެ.
މި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާއިރު 6 ގެއަކާއި 6 ގުދަން އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ އަލިފާނުގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
ތަފްސީލު އަންނަނީ..