އައްޑޫ ސިޓީގައި މިއަދު ބޭއްވި ކޮކާ ކޯލާ ރަން އިން އައްޑޫގައި ބައިނަލްއަގުވާމީ ދުވުންތެރިޔާ މިޝަލް ކަޕްރަލް ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.
ކަޕްރަލް މުގުރާލާފައިވަނީ ދުވާއިރު ޖަގްލް ކުރަމުން 10ކިލޯމީޓަރު އެންމެ އަވަހަށް ފުރިހަމަ ކުރުމުގެ ރެކޯޑެވެ. އޭނާ މިއަދުގެ ރޭސް ނިންމާލީ 55 މިނެޓު 48 ސިކުންތުންނެވެ.
He did it! @mkapral breaks the world record of fastest 10k run while joggling, by completing the race in 55 minutes and 48 seconds. A historic moment in the Maldives! 🇲🇻#CocaColaruninaddu2019 #runinmaldives #Maldives #VisitMaldives #SunnySideofLife pic.twitter.com/q0hPSO2ECe
— Visit Maldives (@visitmaldives) October 5, 2019
އެންމެ އަވަސް މެރަތަން އަދި ހާފް މެރަތަންވެސް ޖަގްލް ކުރަމުން އެންމެ އަވަހަށް ފުރިހަމަކުރުމުގެ ރެކޯޑު މީގެ ކުރިންވެސް އޮތީ ކަޕްރަލް އަތުުގައެވެ. މިއަދު އައްޑޫގައި ދުވި ރޭހުން އޭނާ މުގުރާލީ އޭނާގެ އަމިއްލަ ރިކޯޑެވެ.
ނަމަވެސް މިއީ ހަތަރު ބޯޅަ ޖަގްލް ކުރަމުން އޭނާ ނިންމާލި ފުރަތަމަ މެރެތަނެވެ. މީގެ ކުރިން ދުނިޔޭގެ ރެކޯޑު ހަދާފައިވަނީ ތިން ބޯޅަ ޖަގްލް ކުރަމުން ނުވައްޓާ ނިންމާލައިގެންނެވެ.
ކަޕްރަލް ރާއްޖެ ގެނެސްފައިވަނީ ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އޭނާގެ މިރެކޯޑާއެކު ރާއްޖެ އިތުރަށް އިޝްތިހާރު ވުމުގެ ފުރުސަތު ބޮޑެވެ.