ރާއްޖޭގައި ދީނަށް ފުރައްސާ ކުރުން އިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް މަޝްވަރާ ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއާ ބައްދަލުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުން ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އަދި ދީނަށް ފުރައްސާކުރާ މައްސަލާގައި ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށާއި އެކަމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓަރުގެ އަރިހަށް ދީނީ އިލްމުވެރިން ވަޑައިގެންފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް ފާޅުގައި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. މިކަމުގައި ސޯޝަމް މީޑިއާގައި ދީނީ އިލްމުވެރިން ޝުއޫރު ފާޅު ކުރަމުން އަންނައިރު އެމްޑީއެންގެ އިސްވެރިންނާއި ވެސް ބައެއް ފަހަރު ބަހުގެ ހަމަލާތައް އަންނަނީ ބަދަލު ކުރަމުންނެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ އިދާރާގައި އެދިފައެވެ.