އެމްޑީއެން އުވާލުމާ ގުޅޭގޮތުން ބަހުސް ކުރަން ޖެހޭ ކަމެއް ނުފެންނަ ކަމަށް އުވާލުމާ ގުޅޭގޮތުން ބަހުސް ކުރާކަށް ނުޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރަމުން އާމިރު ވިދާޅުވީ މިއަދު މަޖިލީހަށް ހުށައެޅިފައި މިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުނު ރިޕޯޓަކާ ގުޅިގެން ހުށައެޅުނު މައްސަލައެއް ކަމަށެވެ.
އޭގައި މުސްލިމަކު ދައްކައިގެން ނުވާނެ ވާހަކަތަކެއް ލިޔެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަރަށް ސާފު ބަހުން ވިދާޅުވެއްޖެ ކަމަށާއި އެހެންކަމުން އެ ލިޔުނު ޖަމިއްޔާއަކީ އުވާލަން ޖެހޭ ޖަމިއްޔާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމާއި ދީނާ ދެކޮޅު ނުވެވޭނެކަން ބަޔާން ވެފައި އޮތްވާ، ގާނޫނާ ޚިލާފަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ނެރުމުން ދެން އެ ޖަމިއްޔާ އުވާލުމާ ގުޅޭގޮތުން ބަހުސް ކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.