Last Updated: April 11, 11:14
Friday, April 11, 2025
ވިޔަފާރި

އޮޑައްސަލުން 10 އަހަރަށް ބިމެއް ދޫކުރަނީ

ސ. ހިތަދޫ އޮޑައްސަލަ ސަރަހައްދުން ބިން ކުއްޔަން ދޫކުރަން އައްޑޫ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބުނީ އަލަށް މީހުން އާބާދުވަމުން އަންނަ ހިތަދޫ އޮޑައްސަލުގެ ދަނޑުގެ ދެކުނު ކޮޅުން ދަނޑާއި އިންވެގެން އޮތް 7،099.22 އަކަފޫޓްގެ ބިން ވިޔަފާރި އުޞޫލުން 10 އަހަރު މުއްދަތަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 22 ވަަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އަދި ބިމަށް އެދޭ ފަރާތްތަކަށް ފޯމާއި މަޢުލޫމާތު ޝީޓް މި މަހުގެ 3-14 އަށް ކައުންސިލް އިދާރާ އިން ގަންނަންލިބޭނެ އެވެ.

ފޯމާއި މައުލޫމާތު ޝީޓްގެ އަގަކީ 150ރ. އެވެ. އަދި ބިމަށް އެދޭ ފޯމް ގަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 15 ވަނަ ދުވަހު މެންދުރު 1:00 ޖަހާ އިރު އޮންނާނެ އެވެ.