Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އިންކަމް ޓެކްސްއިން ރެކެން ފުރުސަތު ދެވިގެން ނުވާނެ: މީކާއިލް

އިންކަމް ޓެކްސް ނަގާއިރު "ޑަބަލް ޓެކްސޭޝަން" ކަމަށް ބުނެ ކުންފުނިތަކުން ވަކި ފަރުދުންނަށް ލިބޭ ޑިވިގެންޑް، އިންކަމް ޓެކްސް އިން އުނިކުރެވިގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިވިޑެންޑް ޓެކްސް ނުނަގާނަމަ މަހުޖަނުންނަށް ޓެކްސްއިން ރެކެން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ވިޔަފާރި ނުވަތަ ކުންފުންޏަކީ ވަކި ގާނޫނީ ޝަޚުސެއް ކަމަށާއި ވިޔަފާރިވެރިޔާ އަކީ ވަކި ގާނޫނީ ޝަޚުސެއްކަން އޭނާ ފާހަގަކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އިންކަމް ޓެކްސް ނެގުން ހިމެނޭއިރު މިސަރުކާރުން ވަނީ ޓެކްސް ނެގުމަށް މަޖިލީހަށް ބިލެއް ފޮނުވާފައެވެ.

އެގޮތުން ޓެކްސް ނަގަނީ ވަކި ވަރަކަށް ވުރެ އާމްދަނީ މަތި މީހުން އަތުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ހުރިހާ އެންމެންގެ އަތުން ޓެކްސް ނެގުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ.