އަވަށްޓެރި އިންޑިޔާއިން ރާއްޖެ ގެންނަ ފިޔާ އެތެރެކުރުން ހުއްޓާނުލާނެ ކަމަށް އިންޑިޔާ އެމްބަސީން ހާމަކޮށްފިއެވެ.
އިންޑިޔާ އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިންޑިޔާއިން އެތެރެކުރި އެއް ލައްކަ ޓަނުގެ ފިޔަލާއެކު ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓާނުލާ ކަމަށެވެ. އަދި ދައްޗަކާ ނުލާ އިންޑިޔާއިން ރާއްޖެއަށް ފިޔާ އެތެރެކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އިންޑިޔާއަށް ކުރިމަތިވި ވިއްސާރައިގެ ގެއްލުމުގެ ސަބަބުން ދަނޑުބިންތައް ހަލާކުވެ ފިޔާ ހުސްވުމުގެ ބިރު ހީވުމުން އެއް ލައްކަ ޓަނުގެ ފިޔާ ވަނީ އެތެރެކޮށްފައެވެ.
ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު އިންޑިޔާއިން ވަނީ ފިޔާ ލިބުމުގެ ދަތިކަން ބޮޑުވުމުން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަޑު ޖައްސާލާފައެވެ.
ރާއްޖެއަށް ވެސް ފިޔާ ނުލިބި ބާޒާރުގައި ފިޔަލުގެ އަގު ވަނީ އެދުވަސްވަރު އިންތިހާއަށް މައްޗަށް ގޮސްފައެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ އިންޑިޔާއިން ފިޔާ ލިބުމުގައި ދައްޗެއް ނެތްކަން ހާމަކޮށްފައެވެ.