ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗު ބައްލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނޑަށް ގޮސްފިއެވެ.
މަޖިލިސް މެމްބަރުން ދަނޑަށް ވަޑައިގެންނެވިއިރު އެންމެ ކުރީ ސަފުގައި ހުންނެވީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. އެގޮތުން މެމްބަރުން ދަނޑަށް ވަޑައިގެންނެވީ ބެރު ދުންމާރީގައެވެ.
ޤައުމީ ޓީމަށް ތަރުޙީބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ދަނޑަށްވަޑައިގަތުން pic.twitter.com/h4rfdqLhHL
— Hassan Ziyau (@HassanZiyau) November 14, 2019
މިއަދުގެ މެޗު ބައްލަވާލެއްވުމަށް ގައުމީ ޓީމަށް ލަފާދޭ ކޮމިޓީން މަޖިލީހުގެ ރައީސާއި އަދި މެމްބަރުންނަށް ވަނީ ގައުމީ ޓީމުގެ ޖޯޒީ އާއި ޓިކެޓު ހަދިޔާކޮށްފައެވެ. އަދި ދަނޑުގެ ވަކި ހިސާބެއް މެމްބަރުން ތިބުމަށް ވަނީ ހާއްސަ ވެސް ކޮށްފައެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ގުއާމް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗްގައި 5-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވެފައިވާއިރު ތިންވަނަ މެޗްގައި ސީރިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ސީރިޔާއެވެ.