މި އަހަރުގެ މިހާތަނަށް އައްޑޫން ތަފާތު 97 މައްސަލަައެއް ސ. ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް ހުށަހެޅިފައިވާ ކަމަށް އެެ ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 45 ޕަސެންޓް މައްސަލަތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ އުމުރުން 8-17 އަހަރާ ދެމެދުގެ އުމުރު ފުރާގެ ކުދިން ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އެގޮތުން
މިފަދަ ގިނަ މައްސަލަ ދިމާވެފައިވަނީ ބެލެނިވެރިންގެ އިހުމާލުން ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
ަެއެހެންވެ ބެލެނިވެރިން ކުދިންނަށް އަޅާލައި ރައްކާތެރިކަން ހޯދައި ދިނުމަށް އެދެ އެވެ.