Last Updated: November 24, 10:30
Sunday, November 24, 2024

(ޖުލައި 9، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ރިޒޯޓްގައި ތަށި ވެސް ދޮންނާކަށް، ހެދުން ވެސް ދޮންނާކަށް ނުޖެހޭނެ އެވެ. މިއީ އޭނާ އެންމެ އުފާވާކަމެވެ.

އޭނާ ސިޓީ ލީ އެންމެ ފުރަތަމަ ތަނުން އޭނާއަށް ދެ ދުވަސްތެރޭ ޖަވާބު އަތުވެއްޖެ އެވެ. އިންޓަވިއު އަށެވެ.
ވަން އެންޑް އޮންލީ އައިލެންޑް ރިޒޯޓަކީ ގިނަ އަދަދެއްގެ ދިވެހި އަންހެން ކުދިން އެތަނުގައި މަސައްކަތް ކުރާ ތަނެކެވެ.

ސުޒޭނާ އެތަނާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެއްކުރި އެވެ. މަންމަމެން އެއްބަސް ކުރުވަން ތަފާތު ވާހަކަ ދެއްކި އެވެ.

ނަތީޖާއެއްގެ ގޮތުން ސުޒޭނާގެ މަންމަ އާއި ބައްޕަ އޭނާ އެ ރަށަށް ދާން ހުއްދަ ދިނެވެ. ވީއުފަލެއް ނޭނގުނެވެ. އޭނާ އޭނާގެ ދަތުރު ހެދި އެވެ. ފަސް ދަބަސް އޭނާ ތައްޔާރު ކު ރިއެވެ. އޭނާގެ މަންމަ ހައިރާންވި އެވެ.

"ދަރިފުޅާ…މިއީ ކޮންހާ ސާމާނެއް؟ ތި ދަނީ ހަމައެކަނި އިންޓަވިއުއަށްނު. މާދަމާ އެނބުރި އަންނާނަމެއްނު."

"އޯ ގޯޑް މޮމް. ހީވޭތަ ސުޒޭ މި އިންޓަވިއުއިން ފެއިލްވާނެހެން. އައި ހޭވް ފުލް ކޮންފިޑެންސް." މިއީ ސުޒޭނާ މަންމަ އަށް ދިން ޖަވާބެވެ.

ސުޒޭނާ އެއާ ޓެކްސީގައި އިން އިރު ވެސް ކައިރީގައި ތިބި އެންމެންނާ ހީހީފައި ވާހަކަ ދެއްކި އެވެ. ކުރޫންތައް ވެސް ތިބީ ހައިރާންވެފަ އެވެ. އަލަށް މި ފްލައިޓަށް އެރި ކުއްޖާގެ ޖެހިލުންކަން ކުޑަކަމުންނެވެ. އަޅާފައި ހުރި ހެދުމުންނެވެ.
ސުޒޭނާ އައުމުން ވަން އެންޑް އޮންލީ ރިޒޯޓަށް ހީވީ އީދެއް އައިހެންނެވެ. ކޮންމެ މީހަކު މި ރީތީގެ ރާނީ ކައިރިން ބަލަން ބޭނުންވ ިއެވެ.

އަތާ އަތް ޖޯޑުކޮށް ސަލާމްކޮށްލަން ބޭނުންވި އެވެ. ބައެއް މީހުން ހަގުކޮށްލަ އެވެ. ކަރާ ކަރު ޖައްސާލުމަށެވެ.
ހުރިހާ އަންހެން ކުދިން ހާސްވެ ކަންބޮޑުވި އެވެ. ތިމާމެންގެ ލޯބިވެރިން ބީވެދާނެތީ ތުންތަޅުވަން ފެށި އެވެ. ސުޒޭން މަސައްކަތަށް ވެސް ވަރަށް ފަރުވާތެރި އެވެ. މިކަމާ މެނޭޖްމަންޓް އެންމެން ވެސް ތިބެނީ އޭނާ އާ ހެދި މޮޔަވެފަ އެވެ.

ހަތަރު މަސްތެރޭ ކޮންމެ މަހަކު އެތައް ސެޓްފިކެޓެއް އެނާ އަށް ލިބެ އެވެ. ބެސްޓް ސްމައިލް،ބެސްޓް ސްޓާފް އޮ ފަދަ މަންތު ލިބުނެވެ.

ގިނަ ދުވަސްވީ ކުދިން މިކަމާ ކަންބޮޑުވުން ފާޅ ކުރި އެވެ. ބައެއްް ކުދިން އެ މީހުންގެ ލޯބިވެރިންނާ މައްސަލަ ޖެހިގެން ވަޒީފާ ދޫކޮށް ދިޔައީ އެވެ.

ސުޒޭން ވަޒީފާ އަދާ ކުރާތާ 6 މަސް ދުވަސްތެރޭ ގިނަ ބަދަލުތަކެއް އަ އެވެ. މަގާމު މަތިވުމާ އެކު ބޮޑު މުސާރަ ލިބެމުން ދިޔަ އެވެ.

ކޮންމެ ދުވަހަކު ވަޒީފާ ނިންމާފައި ރޭގަނޑަށް ފަރިވާ މަލެއްހެން ސުޒޭން ތައްޔާރު ވެލަ އެވެ. ބާ އަށް ގޮސް ތަފާތު ރަހަތަކުގެ ޑްރިންކްސް ހައްދާލައިގެން ބޯލަ އެވެ. ގެސްޓުންނާ އެކު ޑާންސް ފްލޯ އަށް އަރާލަ އެވެ.

އެ މީހުންގެ އަތުގެ ތެެރޭ ނަށާލަ އެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން މަސްތުގެ ހާލަތުގައި ހުރެގެން ކޮންމެވެސް ސީނިއަ މީހެއްގެ ކޮޓަރީ އެނދު ފަޅުފިލުވަ އެވެ.

(ނުނިމޭ)