ގަމުން ލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސްރީ ލަންކަން އެއާލައިންސުން އަނެއްކާވެސް ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.
ފެށޭ ޑިސެމްބަރު މަހުގެ ހަތަރު ދުވަހެއްގައި ކޮލޮމްބޯއަށް ދެކޮޅު ޓިކެޓު ބުކް ކުރާ ފަރާތްތަކަށް ނަގާ ކޮންމެ ޓިކެޓަކުން %40 ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މިޕްރޮމޯޝަނުގެ ދަށުން ޓިކެޓު ނެންގެވޭނީ ހަމައެކަނި ޑިސެމްބަރު 2، 5، 6 އަދި 7 ވަނަ ދުވަހުގައެވެ.
ނަމަވެސް މިފަހަރުގެ ޕްރޮމޯޝަނުގައި ޓިކެޓު ބައްލަވައިގަންނަ ފަރާތްތަކަށް ޑިސެމްބަރު 2 އިން ފެށޭ އަހަރުގެ މާޗު 31 ވަނަ ދުވަހާއި ހަމައަށް ދަތުރުކުރުމަށް ޓިކެޓު ބުކް ކުރެވޭނެއެވެ.
ލަންކާގެ ގައުމީ އެއާލައިން، ސްރީ ލަންކަން އިން ގަމަށް ޝެޑިއުލް ފްލައިޓު ފެށިތާ ތިން އަހަރު ވާން ކައިރިވެފައިވާއިރު އެ އެއާލައިނަކީ ގަމަށް ހަފްތާއަކު ތިން ފްލައިޓު ޖައްސާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިނެވެ.
ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްރީލަންކަން އިން ވަނީ މާދަމާ އިން ފެށިގެން ޑިސެމްބަރު އެކަކާ ހަމައަށް އައްޑޫގައި ލަންކާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނާއެކު ހިލޭ މެޑިކަލް ކޭމްޕެއް ވެސް ބާއްވަން ނިންމާފައެވެ.