މިއަދު އެންމެ ބޮޑު ޢިބުރަތެއް ލިބިގަންނަންވީ އެއް ބަޔަކީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާއި ގުޅިގެން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
mifadha kanthah thakuraaruvegen dhaa manzaru dhekeykah alhugandumen rayyithun neydhemeve.
aniyaaverinnah ebaimeehunge aniyaage raha dhekkevun baeh faharu las kurevviyas, ekamaa medhu Allah ghaafiluve vodigen nuve eve. Aniyaa libigenvaa meehaage dhua akee musthajaabu dhua eh— Aneel 🇲🇻 (@aneelmv) November 28, 2019
ޓްވީޓްގައި ޝެއިޚް އަނީލް ވިދާޅުވެފައިވަނީ " މިއަދު އެންމެ ބޮޑު ޢިބުރަތެއް ލިބިގަންނަންވީ އެއް ބަޔަކީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. މިއަދު ކުރާ ކަންތައްތަކާއި މާދަން ކުރިމަތިލާން ޖެހޭނެކަން ޔަގީން ކުރާށެވެ.ﷲށް ތެދުވެރިވާށެވެ. އަދި ރައްޔިތުން ހަވާލުކުރި އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ. މިފަދަ ކަންތައް ތަކުރާރުވެގެންދާ މަންޒަރު ދެކޭކަށް އަޅުގަނޑުމެން ރައްޔިތުން ނޭދެމެވެ. އަނިޔާވެރިންނަށް އެބައިމީހުންގެ އަނިޔާގެ ރަހަ ދެއްކެވުން ބައެއް ފަހަރު ލަސް ކުރެއްވިޔަސް، އެކަމާއިމެދު ﷲ ޣާފިލްވެވޮޑިގެންނުވެއެވެ. އަނިޔާ ލިބިގެންވާ މީހާގެ ދުޢާ އަކީ މުސްތަޖާބު ދުޢާއެއް." މިހެންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ މާލޭ ޖަލުގައެވެ.
ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ވިދާޅުވީ ޔާމީން ހުންނެވީ ވަރަށް ހިތްވަރު ގަދަކާއެކުގައި ކަމަށާއި ސަޕޯޓަރުންނަށް ވެސް މެސެޖެއް ދެއްވި ކަމަށެވެ.
"ވިދާޅުވި އެއްވެސް ގޮތަކަށް މާޔޫސް ނުވުމަށް، ވަރަށް އަވަހަށް ނިކުމެވަޑައިގަންނަވާނެ ކަމަށް އިރާދަކުރެއްވިއްޔާ" ޝަމީމު ވިދާޅުވިއެވެ.