މިދިޔަ ހޯމަ ދުވަހުގެ ހަވީރު ސ. ހިތަދޫ ތެމޯރާ ގޭގެ ކައިރިން ބިދޭސީއަކަށް ހަމަލާ ދީ ލޯމަތި ފަޅާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާ އާ ގުޅިގެން ފުލުހުން މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުުލުހުން ބުނީ ބިދޭސީއަކަށް ހަމަލާ ދިން ރިޕޯޓްކޮށްފައި ވަނީ އެރޭ 18:30 އެހާކަންހާ އިރު ކަމަށެވެ. އަދި އެ މާރާމާރީގައި އެ މީހާގެ ލޯމަތި ފަޅައިގެން ގޮސް، އިތުރަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް އައްޑޫގައި ވަނީ ބިދޭސީއަަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.
އައްޑޫގައި ކުށްކުރުން ގިނަ ވަމުން އަންނަ އިރު ކުށްމަދު ކުރުމަށް އެސްއޯ ފުލުހުން ހިންގަމުން އައި "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ އޮޕަރޭޝަން މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.