* ބޭނުންވާ ތަކެތި:
2 ޖޯޑް ސްޕެކެޓީ (ކައްކާފައި)
1/2 ޖޯޑް ޗީޒް (ގާނާފައި)
400 ގްރާމް މިންސްޑް ބީފް
100 ގްރާމް ފިޔާ (ހިމުންކޮށް ކޮށާފައި)
400 ގްރާމް ޕީލްޑް ޓޮމާޓޯ
100 ގްރާމް ޓޮމާޓޯ ޕިއުރީ
4 ލޮނުމެދު (ޗިސްކޮށްފައި)
ރަހަލާ ވަރަށް ލޮނު
ރަހަލާ ވަރަށް އަސޭމިރުސް
* ތައްޔާރު ކުރާނެ ގޮތް:
ތަވައަށް ތެޔޮފޮދެއް އަޅާފައި ހޫނުވީމާ، ފިޔާ، ލޮނުމެދު އަޅާފައި ކުޑަކޮށް ރަތްވެލީމާ ސްޕެގެޓީ ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި މަޑު ގިނީގައި އެއް ގަޑި އިރުވަންދެން ކައްކާށެވެ.
ތަށްޓަކަށް ސްޕެގެޓީ އަޅާފައި ސޯސްގަނޑުން ސޯސްކޮޅެއް ނަގާފައި ސްޕެގެޓީ މައްޗަށް ސޯސްކޮޅެއް އަޅާފައި މައްޗަށް ގާނާފައި ހުރި ޗީޒް އަޅާފައި ސާވް ކުރާށެވެ.