މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ ބޮޑު ކޮންފަރެންސް ކޮޕް25 ގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް އެންވަޔަރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ސްޕެއިނަށް ވަަޑައިގެންފިއެވެ.
ދުނިޔޭގެ ލީޑަރުން އެއް ތަނަކަށް ޖަމާވެ މޫސުމީ ބަދަލުތަކުން ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ބާއްވާ މިޖަލްސާގައި ރާއްޖެއިން މިފަހަރުވެސް މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގައި ބޭރު ދުނިޔޭގެ އެހީތެރިކަން ހޯދުމަށް ވަކާލާތު ކުރާނެއެވެ.
އދ. ގެ އާންމު ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ވެސް ވަނީ އެ ނުކުތާ އަށް ވަކާލާތު ކުރައްވާފައެވެ. މިސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވަނީ ވައުދު ވެފައެވެ. ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ އިތުރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުވެސް ވަނީ މި ފަސް އަހަރު ނިމިގެން ދާއިރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ކުރީ ސަރުކާރުގައި ނުއަގުގައި ވިޔަފާރިވެރިންނަށް ދޫކުރި ފަޅު ރަށްތަކާއި ފަޅުތަކުގައި ރިސޯޓު ހަދައި ގިނަ އަދަދެއްގެ ވެއްޔާއި ރުއްގަސް އެތަންތަނަށް ބޭރުކުރާ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކޮށްލެއެވެއެވެ.