Last Updated: November 24, 10:22
Sunday, November 24, 2024
ރިޕޯޓް

ޤުރުއާނުގެ ވިޔައިގެ މުޢުޖިޒާތް: ތަފާތު ނަޒަރަކުން (3)

ނޯޓް: މިއީ އަހުމަދު ނާސިހު ތަރުޖަމާ ކުރައްވާފައިވާ ލިޔުމެކެވެ. މި ލިއުން މި ގެނެސް ދެނީ ބައިތަކަކަށް ބަހާލައިގެންނެވެ.

(ޖުލައި 12، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސޫރަތްތައް ފެށުމުގެ ގޮތުން ލިޔެވިފައިވާ ރަމްޒީ އަކުރުތައް މިސާލަކަށް 2 ވަނަ ސޫރަތް ފެށުމުގައިވާ އަލިފް، ލާމް، މީމް، މި އަކުރުތައް އެ ސޫރަތެއްގައި މުޅިއެކު އައިސްފައިވާ ޢަދަދު ގުނުމުން ނިކުންނަ ޢަދަދަކީ 19 އިން ގެއްލި ހުސްވާ ޢަދަދެކެވެ. ރަމްޒީ އަކުރުން ފެށިފައިވާ 29 ސޫރަރަތުގައި ވެސް މިކަން ވަނީ މި ފަދައިންނެވެ.

މިގޮތައް މިކަން ލައްވައިފަ ވުމުގައި މުހިއްމު ދެ ސަބަބެއް ވާކަމަށް ޤަބޫލް ކުރެވެއެވެ. ފުރަތަމައަށް އެކަމުން ދޭހަކޮށްދެނީ ޤުރުއާނުގެ ލިއުމަކީ ބަދަލުކުރެވިފައިވާ އެއްޗެއް ނޫންކަމެވެ.

އެއްވެސް ބަދަލެއް ގެނެވިފައިވާ ނަމަ މި މުޅި ސިސްޓަމް ބަދަލުވެގެން ދިޔައީހެވެ. ދެވަނަ ސަބަބަކީ އެކަމުން އެ ދޭހަވަނީ ޤުރުއާނަކީ އިލާހީ ބާވައިލެއްވުމެއް ކަމެވެ. ސަބަކީ ޤަސްދުގައި މިގޮތަށް އެކުލަވައިލުމަކީ އެއްވެސް މީހަކަށް ކުޅަދާނަވެގެން ނުވާނެ ކަމަކަށް ވުމެވެ.

ލަފްޒުތަކުގައި ވަނީ ވަކި ޚާއްޞަ މާނަތަކެކެވެ. ވީމާ ލަފްޒުތައް ބޭނުން ކުރެވޭނެ ގޮތް ބަދަލުކުރެވޭނީ ވަރަށް ހަނިދާއިރާއެއްގައެވެ. މިކަންކުރެވޭނީ މާނަތަކަށް ނުވިސްނައި ހަމައެކަނި ލަފްޒުތަކާއި އަކުރުތައް ހަމަކުރަން ވިސްނައިގެން އެކުލަވައިލުމުންނެވެ.

އޭރުން ވާނެ ގޮތަކީ އެއަށް ގެންނަން ބޭނުންވާ މާނަތަކެއް ފުރިހަމައަށް ނުގެނެވޭނެއެވެ. އެހެންވީމާ ޤަސްދުގައި މިފަދަގޮތަކަށް އެކުލަވައިލުމަކީ ވާނެ ކަމެއް ނޫނެވެ.

ޤުރުއާނުން ފުރަތަމައަށް ބާވައި ލެއްވުނު އާޔަތް ތަކަކީ ޤުރުއާނުގައިވާ 96 ވަނަ ސޫރަތް (އަލްޢަލަޤް) ގެ ފުރަތަމަ 5 އާޔަތެވެ. މި ފަސް އާޔަތުގައި އެކުލެވިގެން ވަނީ 19 ލަފްޒެވެ. އަދި މި ލަފްޒުތަކުގައި ހިމެނެނީ 76 އަކުރެވެ. އެއީ 19 ގުނަކުރަން 4 ފަހަރެވެ. (76=4*19)

96 ވަނަ ސޫރަތަކީ ޤުރުއާނުގެ ފަހަތުން ގުނާނަމަ 19 ވަނަ ސޫރަތެވެ.

96 ވަނަ ސޫރަތުގައިވަނީ މުޅިއެކު 19 އާޔަތެވެ. މިއާޔަތް ތަކުގައި އެކުލެވިގެންވާ އަކުރުތަކުގެ ޢަދަދަކީ 304 އެވެ. އެއީ 19 ގުނަކުރަން 16 އެވެ. (304=16*19)

ޤުރުއާނުގެ 9 ވަނަ ސޫރަތް ކަމުގައިވާ ”އައްތައުބާ” އަކީ އެ ސޫރަތް ފެށުމުގައި ބިސްމި ހިމެނިފައިނުވާ ހަމައެކަނި ސޫރަތެވެ. މިހެން ވުމުން ސޫރަތްތައް ފެށުމުގައިވާ ބިސްމިތައް ގުނުމުން ވަނީ 113 ބިސްމިއެވެ.

ބިސްމި އެ ސޫރަތެއް ފެށުމުގައި ހިމެނިފައި ނުވާ ސޫރަތް ކަމުގައިވާ 9 ވަނަ ސޫރަތުން ފެށިގެން ގުނަން ފަށައިފިނަމަ 19 ވަނަ އަށް ޖެހޭނީ 27 ވަނަ ސޫރަތް ކަމުގައިވާ ”އައްނަމްލު” ސޫރަތެވެ. މި ސޫރަތުގައި 2 ބިސްމި ވެއެވެ.

އެއީ ފެށުމުގައި ޢަދަދެއް ނުޖަހައި ވާ ބިސްމިއާއި 30 ވަނަ އާޔަތުގެ ގޮތުގައި ޢަދަދު ޖަހައިފަ ވާ ބިސްމިއެވެ. މިހެން ވުމުން ޤުރުއާނުގައިވާ ސޫރަތް ތަކުގެ ޢަދަދާއި ބިސްމީގެ ޢަދަދު ދިމާވުމަށްޓަކައި 114 ހަމަވެއެވެ. އެއީ 19 ގުނަކުރަން 6އެވެ. (114=6*19)

ޤުރުއާނުން އެންމެފަހުން ބާވައި ލެއްވުނު ސޫރަތް ކަމުގައިވާ 110 ވަނައަށް އޮންނަ ”އައްނަޞްރު” ސޫރަތުގައި ހިމެނެނީ 19 ލަފްޒެވެ. މިސޫރަތުގެ ފުރަތަމަ އާޔަތުގައި ހިމެނެނީ 19 އަކުރެވެ.

ޤުރުއާނުގައި ރަމްޒު އަކުރުން ފެށިފައިވާ ފުރަތަމަ ސޫރަތް ކަމުގައިވާ 2 ވަނައަށް އޮންނަ ”އަލްބަޤަރާ” އާއި އެންމެ ފަހަތުން ރަމްޒު އަކުރުން ފެށިފައިވާ ސޫރަތް ކަމުގައިވާ 68 ވަނައަށް އޮންނަ ”އަލްޤަލަމް” އާއި ދެމެދު ރަމްޒު އަކުރުން ފެށިފައިނުވާ 38 ސޫރަތް ވެއެވެ. އެއީ 19 ގުނަކުރަން 2 އެވެ. (38=2*19)

ނަމާދު ފަރުޟު ކުރައްވައިފައިވަނީ ދުވާލަކު ފަސްފަހަރު އަދާކުރުމަށެވެ. އެއީ ފަތިހާއި، މެންދުރާއި، ޢަޞުރާއި، މަޢުރިބާއި، ޢިޝާ އެވެ. މިނަމާދުތަކުގެ ރަކުޢަތްތައް ތަރުތީބުވެގެން ވަނީ 24434 ގެ ގޮތުގައެވެ. މިއީ ވެސް 19 ގެ ގުނަ އަދަދެކެވެ. (24434=1286*19)

އަދި ފަރުޟު ވެގެންވަނީ ކޮންމެދުވަހަކު އަދާ ކުރުމަށްވާ 5 ނަމާދާއި ހަފަތާޔަކު އެއް ފަހަރު ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ހުކުރު ނަމާދެވެ. ހުކުރު ނަމާދުގެ ރަކްޢަތުގެ ޢަދަދަކީ 2 އެވެ.

ވީމާ ފަސް ނަމާދުގެ ރަކްޢަތުގެ ޢަދަދާއި ހުކުރު ނަމާދުގެ ރަކްޢަތުގެ ޢަދަދު އެއްކޮށްފި ނަމަ ޖުމްލައަކީ 19 އެވެ. (19=2+4+3+4+4+2)

(ނުނިމޭ)