Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އުރީދޫ: އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުންފުނި!

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިއަށްދޭ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

ކްރޮސްރޯޑު މޯލްޑިވްސްގައި ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މޯލްޑިވްސް ބިޒްނަސް އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ބިޒްނަސް އޮފް ދި އިޔާ" އެވޯޑާއި އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު އެވެ.

ރޭގެ އެވޯޑު ހަފްލާގައި އުރީދޫން ވަނީ ޖުމްލަ ހަތަރު އެވޯޑު ހޯދާފައެވެ. އެގޮތުން ބިޒްނަސް އޮފް ދި އިޔަރ އެވޯޑް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔަރ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑް އަދި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީގެ ބެސްޓް ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑު ހާސިލް ކުރީ އުރީދޫންނެވެ.

ބިޒްނަސް އެވޯޑަކީ ވިޔަފާރިތަކުގެ އަގު ވަޒަން ކުރުމަށް ބްލޭޒަން އިންކޯޕަރޭޓެޑް ކުންފުނީގެ ފަރާތުން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑުގައި ފަސް ދާއިރާއަކުން 29 ކެޓަގަރީއެއްގެ އެވޯޑް ވަނީ ދީފައެވެ.

ރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ބްލޭޒަންގެ ފަރާތުން ބޭއްވި ދެވަނަ އެވޯޑު ހަފްލާއެވެ.