މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އިހުމާލުވި ބިދޭސީ ޑްރައިވަރުގެ ލައިސެންސް ބާތިލުކޮށްފިއެވެ.
ފުލުހުން ބުނީ ބަންގްލަދޭޝަށް ނިސްބަތްވާ އެ މީހާގެ ލައިސަންސް ބާތިލު ކުރީ އިއްޔެ ކަމަށާއި އޭނާގެ ލައިސަަންސް ބާތިލު ކުރުމާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާއަށް ލައިސެންސް ދޫނުކުރަން ޓްރާންސްޕޯޓު އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ބިދޭސީ މީހާ ދުއްވަން އިން ޖިޕު ކޮންޓްރޯލުން ނެއްޓިގެން ގޮސް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި ތިން ކާރާއި ޖިޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު އެކްސިޑެންޓުގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.