Last Updated: November 22, 05:51
Friday, November 22, 2024
އައްޑޫ ބަހުން

އައްޑޫ ފްރެންޑްސްގެ "ހިއްމަލާ ފެސްޓިވަލް" އަދަ ހަވީރެއި!

އައްޑޫ ފްރެންޑްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގިނޭ "ހިއްމަލާ ފެސްޓިވަލް 2019" އަދަ ހަވީރެއި ހިތަދޫ ފަތާ ޓްރެކް ސަރަހައްދެ ފަށާ ގޮތަށް ނިންމަލިއަ.

މި ފެސްޓުވަލަކީ 2019 ވަނަ އަހަރަ ނިންމުން ފާހަގަ ކެރުމާއި އެއްކޮށް އުފާވެރި ވަގުތުކެޑަ އެންމެން އެއްކޮށް ގިނިގެއުމުގެ މަގްސަދި ކުރިއަށް ގިނޭ ހަރަކާތައް. އެގޮތުން އަދަ ހަވީރެއި ކުދުކުދިންގެ ހަވީރަކާއި، ވައުދެމުން އަދި ރޯވިން ފަދަ ހަރަކާތް ކުރިއަށް ގިނިގެއުމައް ވަނީ ނިންމަފެއި.

އައްޑޫ ފްރެންޑްސްއިން މައުލޫމާތު ދިން ގޮތެ މި ހަރާކާތްތައް ހަވީރާއި ރެއިގަޑި ކުރިއަށް އޭހެއް. އަދި މި ހަރަކާތަށް ވީހެއި ގިނަ ބާކިން އާސް ދިނުމަށް ވަނީ އެދިފެއި.

އައްޑޫ ފްރެންޑްސްއިން މިގޭ އަހަރަސް މީގެ ފެސްޓިވަލައް ވަނީ ބާފެއި، އެޔާށަސް ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބިގެން ގޮސްފެއިވެއި.