Last Updated: November 27, 13:36
Wednesday, November 27, 2024

(ޖުލައި 10، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުލާހިކު ބާރު މިނުގަ އެވެ. މި އަދަކީ މާދިން ވެސް ސްކޫލު ނިމުނު ދުވަހެވެ. މާދިން ނިންމައިގެން ހުރީ ކޮންމެވެސް ވަޒީފާއަކަށް ދާށެވެ. މާދިން ސްކޫލު ނިންމާފައި ގެއަށް އައިރު ނާހިލް ރާއްޖޭން ބޭރަށް ފުރަން ހުރީ ތައްޔާރު ވެގެންނެވެ.

"ބޭބެ ކޮންތާކަށް ދާން ތިއުޅެނީ؟" މާދިން ނާހިލް އާ ކައިރިވެ ހުރެ ބުނެލި އެވެ.

"ކަލެ އަށް ކޮން ކަމެއް އަހަރެން ކޮންމެ ތާކަށް ދިޔަސް." ނާހިލް ދިނީ ރުންކުރު ޖަވާބެކެވެ. ނާހިލްގެ ޖަވާބުން ވެސް ނާހިލްއަކީ ސަކީނާގެ ފޮތުން ކިޔަވައިގެން ހުރި ކުއްޖެއްކަން އެނގުނެވެ.

"ދަރިފުޅު ނާހިލް ތައްޔާރު ވީތަ؟" ޔޫސުފް އައި ގޮތަށް އައިސް ނާހިލް ގައިގައި ބައްދާލި އެވެ. މިއަދު ސަކީނާ ވެސް ހީވަނީ ރީތިގެ ރާނީއެއް ހެންނެވެ.

"އަހަރުމެން އަންނަން ދެން މި ގޭގަ ހުންނާތި. ކަލެ އާ އެއްކޮށް އުޅޭނީ މަސައްކަތު މީހާ ސާދާ. އަދި ބުނަން އަހަރުމެން މި ދަނީ ނާހިލް ގޮވައިގެން ލަންކާއަށް. ހަފްތާއެއް ވަރުވާނެ. ސާދާ އާ އެކު މަސައްކަތުގައި ބައިވެރިވާތި." ޔޫސުފް ހުރިހާ ވާހަކައެއް އެއް ފަހަރާ ބުނެލި އެވެ.

މާދިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. ޔޫސުފް އާއި ސަކީނާ އަދި ނާހިލް އެ ދިޔަ ގޮތަށް ކާރަށް އަރައިގެން އެ ދިޔައ ީއެވެ. މާދިންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ވާނީ ވެސް އެހެންތާ އެވެ. އެ ފަކީރުގެ ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ.

"ތަފާތު ކުރިޔަސް މ ިދެން ބޮޑު ވަރު." ސާދާ އަށް އެ މަންޒަރު ބަލަން ހުރެ ބޭއިހްތިޔާރުގައި ބުނެވުނެެވެ.

"ދެރަނުވޭ ދަރިފުޅާ. ދައްތަ އިރާދަކުރެއްވިޔާ މާދިން ހިތުގަ ޖެހޭނެ އެއްވެސް ގޮތަކަށް މި ގޭގަ ކަންތައްތަކެއް ނުކުރާނަން." ސާދާ މާދިން އާ ކައިރިވުމަށް ފަހު ބުނެލި އެވެ .

"މާދިން ނުޖެހޭނެ މިގޭގަ އެއްވެސް ކަމެއް ކުރާކަށް. ދައްތަ ކުރާނަން ހުރިހާ ކަމެއް." ސާދާ މާދިންގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ފޮހެމުން ބުނެލި އެވެ.

"ދޭ އަވަހަށް ފެންވަރައިގެން ނަމާދު ކުރަން." ސާދާ ބޭނުންވީ މާދިން ހިތްހަމަޖެއްސުމަށެވެ.
މާދިން ފެންވަރައިގެން ނިކުތް އިުރު ސާދާ ހުރީ ކާން ތައްޔާރުކޮށްފަ އެވެ. ސާދާ އާއި މާދިން ކާން ތިއްބައި ބޭރު ދޮރުގައި މީހަކު ޓަކި ޖަހާލި އެވެ. ސާދާ ގޮސް ދޮރު ހުޅުވާލި އިރު ހުރީ ޝާޔާ އެވެ.

"ކޮބާ މާދިން؟" ޝާޔާ ސާދާ ފެނުމާ އެކު ސުވާލު ކުރި އެވެ.

"އެބަ އުޅޭ. ވަދޭ އެތެރެ އަށް." ޝާޔާ އެތެރެ އަށް ވަނުމަށް ސާދާ ދައުވަތު ދިނެވެ.
ސާދާގެ ފަހަތުން މަޑުމަޑުން ޝާޔާ އައިސް ހުއްޓުނީ ކ މޭޒު ކައިރިއަށެވެ.

"މިހިރީ މާދިން ހޯދަން އައި ކުއްޖެއ.ް" ސާދާ ބުނެލި އެވެ.

މާދިން އަށް ޝާޔާ ފެނުމުން ބަސް ހުއްޓިފައި ހުރެވުނެވެ.

"މިއައީ ވަރަށް ބޮޑު ކަމަކު." ޝާޔާ މާދިންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ކޮ…ކޮ…ކޮން ކަމަކު؟" މާދީން ވަރަށް ޖެހިލުންވެ ހުރެ އަހާލި އެެވެ.

"ހާދަ ހާސްވެފަ. ނޫޅެމޭ މ ާބޮޑު ކަމެއް ކުރާކަށ.ް" ޝާޔާ ލާނެއް ގޮތަކަށް ބުނެލި އެވެ.

"ސަމާސަ ނުކޮށް ބުނެބަ. ކީ ކުރަން ތި އައީ؟" މާދިން ވަރަށް ޝައުޤުވެރިކަމާ އެކު އެހި އެވެ.

"ހިނގާބަލަ އަހަރެންނާ އެކު ދޮންބެމެން ގެއަށް ދާން. ވަރަށް ބޮޑު ކަމަކު. ޕްލީޒް." ޝާޔާ ބުނެލި އެވެ.

"ދޮންބޭއޭ. ކޮބާ ދޮންބެއަކީ؟" މާދީން ވަރަށް ހައިރާންވެ ހުރެ ސުވާލު ކުރި އެވެ.
ވާނީ ވެސް އެހެންތާ އެވެ. ޝާޔާއަކީ ދުވަހަކުވ ެސް މާދިން އާ މާ ބޮޑަށް ވާހަކަ ވެސް ދެއްކި ކުއްޖެއް ނޫނެވެ. އަދި މާދިންމެން ގެއަށް ދުވަހަކު ވެސް އައި ކުއްޖެއް ނޫނެވެ.

"އިނގޭތަ މިރަށު ގަރާޖު ހިންގާ ހަނީފް. އެއީ ދޮންބެއަކީ." ހަނީފް ތައާރަފް ކުރަމުން ޝާޔާ ބުނެލި އެވެ. "ދެވޭނެތަ؟"

"ސޮރީ. މިއަދަކު ނެތް ދެވޭކަށް. ބައްޕަމެން ވެސް މިއަދު ލަންކާ އަށް ފުރައިފި. އެހެންވީމަ ކިހިނެތް ދާނީ؟ މާދީން ކައި ނިންމާފައި ގޮނޑިން ތެދުވަމުން ބުނެލި އެވެ.

"ނޫން މާދިން ދޭ ޝާޔާ އާ އެއްކޮށް. ދައްތަ އެކަންޏެއް ނުވާނޭ." ސާދާގެ އެ ޖުމްލައިން ޝާޔާގެ މަޤްސަދު ހާސިލްވިހެން ހީވި އެވެ.

(ނުނިމޭ)