* ބޭނުންވާ ތަކެތި:
4 ބިސް
1/2 ޖޯޑް ސްޕިނެޗް (ކޮށާފައި)
1 ޖޯޑް ސްކިމްޑް މިލްކް
250 ގްރާމް ފުށް
1/4 ޖޯޑް ޗީޒް (ގާނާފައި)
1 ސައި ސަމުމާ ހުންނަހާ ބެސިލް ފަތް (ކޮށާފައި)
1 ޓޮމާޓޯ (ކޮށާފައި)
1/2 މޭޒުމަތީ ސަމުސާ ލޮނު
1/2 މޭޒުމަތީ ސަމުސާ އަސޭމިރުސް
* ތައްޔާރު ކުރާނެ ގޮތް:
ތަަށްޓަކަށް ބިސް އަޅާފައި ރަނގަޅަށް ގިރާށެވެ. އަދި އެއަށް ފަހު ބާކީ ހުރި ހުރިހާ ބާވަތްތަކެއް ބިހުގެ ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް އެއްކުރާށެވެ.
އެއަށް ފަހު ކުދިކުދި ޓްރޭތަކުގައި ތެޔޮ ހާކާލުމަށް ފަހު ޓްރޭތަކުގެ ތެރެއަށް އެއްކުރި ބާވަތްތައް ފަތުރާލާށެވެ. އަދި އަވަން 350 ޑިގްރީގައި ބެހެއްޓުމަށް ފަހު 25-30 މިނިޓް ވަންދެން ފިހާށެވެ.