އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން ބުނީ ނަޝީދުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ މެންދުރު ނަމާދަށް ފަހު 12:45 އިން ފެށިގެން އެމްޑީޕީގެ ސެކެޓޭރިއަޓް ހ. ޝަރާޝާ ކައިރިން ކަމަށެވެ.
ރިޔާސީ ކެންޑިޑޭޓުގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސަށް ހުށަހެޅުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އެންމެހާ މެމްބަރުންނާއި އަދި ސަޕޯޓަރުން ބައިވެރިވުމަށް ޕާޓީގެ ޗެއަޕާސަން ވަނީ އެދިވަޑައިގެންފަ އެވެ.
ނަޝީދުގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ޑރ. މުސްތަފާ ލުފުތީ އެވެ.