Last Updated: November 27, 13:36
Wednesday, November 27, 2024

(ޖުލައި 16، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ނޫން މާދިން ދޭ ޝާޔާ އާ އެއްކޮށް. ދައްތަ އެކަންޏެއް ނުވާނޭ." ސާދާގެ އެ ޖުމްލައިން ޝާޔާގެ މަޤްސަދު ހާސިލްވިހެން ހީވި އެވެ.

މާދިން ގޮސް ހުއްޓުނީ އަތް ދޮންނަން ސިންކު ކައިރި އަށެވެ. އެވަގުތު މާދިން ހުރީ ހާސްވެ ކަންބޮޑުވެފަ އެވެ، ޝާޔާގެ މަޤްސަދަކީ ކޮބައިކަން މާދިން އަށް ނޭގޭތީ އެވެ. އަތް ދޮވެގެން ކާ މޭޒު ކައިރި އަށް ފެން ބޯން ދިޔަ އިރު ޝާޔާ ހުރި ފެންތަށި މާދިން އަށް ދޭން ތައްޔާރު ވެގެންނެވެ. މާދިން އަށް އެ ގޮތަކީ އެހާ ކަމުދާ ގޮތަކަށް ނުވި އެވެ.

"ކީއްކުރަން ތި ފެން ތަށި ނެގީ؟" މާދިން ޓިޝޫއަކުން އަތުގައި ހުރި ފެން ފޮހެމުން ބުނެލި އެވެ.

"މާދިންގެ ހިދުމަތުގައި." ޝާޔާ ލާނެއް ގޮތަކަށް މާދިންއަ ށް ބަލައިލުމުން ބުނެލި އެވެ.

"ޝާޔާ މޮޔަވީތަ؟" މާދިން ރުޅިއައިސް ޝާޔާ ދިމާލަށް ބުނެލި އެވެ.

މާދިން އަކީ އާއްމުކޮށް އެހާ ފަސޭހަ އިން ރުޅިއަންނަށް ކުއްޖެއް ނޫނެވެ. މި މަންޒަރު ބަލަން ސާދާ ވަރަށް ޝައުގުވެރިކަމާ އެކު ހުއްޓެވެ.

"އަނެއްކާ ޝާޔާ އާއި މާދިން އުޅެނީ ރައްޓެހިވެގެންބާ؟" ސާދާ އޭނާގެ ހިތާ ސުވާލު ކުރި އެވެ. އެކަމަކު އެ ސުވާލުގެ ޖަވާބު ސާދާ ބޭނުންވީ ލޮލުން ދެކެ އަތުން ހިފާށެވެ.

"ސޮރީ މާދިން." ޝާޔާގެ އެ ޖުމްލަ އާ އެކު ޝާޔާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރި ގަތެވެ.

ޝާޔާގެ ހިތުގައި މާދިން އަށް ދެވިފައިވާ މަޤާމު މާދިން އަށް އެނގޭނެ ނަމަ އެހެން ނަހަދާނެ ކަން ޝާޔާ އަށް އިނގެ އެވެ. ނަމަވެސް ދެ ކުދިންނަކީ އެއް ކުލާހެއްގައި ކިޔަވަމުން ގޮސް ސްކޫލް ނިމިފައި މިހާރު ތިބި ދެ ކުދިންނަށް ވުމުން، އެ ދެކުދިންގެ ދެމެދުގައި ވެސް ލޯބީގެ ކުޅިވަރު ފެށުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ހުދު މާދިން އަށް ވެސް އެނގިދާނެ ކަމަށް ޝާޔާ ހީކުރިއެ ވެ.

ޝާޔާގެ ލޮލުން އޮހޮރުނު ކަރުނަ މާދިންއަށް ފެނުމުން މާދިން އަށް ވެސް އަސަރު ކުރި އެވެ. މާދިންއަށް ބުނެވުނު އެއްޗަކުން ޝާޔާ ރޮއްވާލެވުނީތީ މާދިންދެ ރަވި އެވެ. މާދިން ބޭނުންވި ޝާޔާ ހެއްވާލުމަށެވެ.

"އޭ ހާދަ ހިތް ވެސް ބަލި ކުއްޖެކޭ ދޯ. ކަމޯން ޑާލިން އައި އެމް އޯލްޥޭސް ވިތު ޔޫ." ޝާޔާގެ އަތުން ފެން ތަށި ހޯދަމުން ހިނިގަނޑެއް ޖަހާލުމާއި އެކު މާދިން ބުނެލި އެވެ.

މާދިންގެ އެ ޖުމްލައިން ސާދާ ވެސް ހުރީ ބަސް ހުއްޓިފަ އެވެ. ވާނީ ވެސް އެހެންތާ އެވެ. މާދިން އާއި ޝާޔާ ދެ ކުދިންގެ ދެމެދުގައި ވަނީ ހަމަ ލޯބީގެ ގުޅުން ކަމަށް ސާދާ ހީކުރެވުނު ހީކުރުންތަކަށް ދާދި ފަސޭހައިން ޖަވާބު ލިބުނީތީ އެވެ.

ޔޫސުފްމެން ދަތުރު ކުރި ފްލައިޓް ކޮލަމބޯގެ ވައިގެ ބަނދަރަށް ޖެއްސުމާ އެކު ހުރހާ އެންމެން ވެސް އަވަސް ވެގަތީ ލަގެޖްތައް އަވަހަށް ނެގޭތޯ އެވެ.

ނަމަވެސް ޔޫސުފް އޭނާގެ އަތުގައި އޮތް ލަންކާ ސިމެއް ފޯނަށް ލެއްވުމަށް ފަހު ލަންކާގައި ހުރި މީހަކަށް ގުޅަން މަސައްކަތް ކުރި އެވެ. އެކަމަކު ޔޫސުފަށް އޭނަ ކުރަން އުޅުނު އެއްވެސް ކަމެއް ހާސިލެއް ނުވި އެވެ. ލަގެޖްތައް ނެގުމަށް ފަހު ނާހިލް އާއި ސަކީނާ ދިޔައީ ޔޫސުފް ކައިރި އަށެވެ.

"ކޮބާ އޯކޭ ވެއްޖެތަ؟" ނާހިލް ޔޫސުފު އާ ސުވާލު ކުރި އެވެ.

"ނޫނޭ ދަރިފުޅާ އަދި އެއްވެސް މީހަކަށް ނުގުޅިގެން މި އުޅެނީ." ޔޫސުފް، ނާހިލްގެ ކޮނޑުގައި އަތް އަޅައިލަމުން ބުނެލި އެވެ. ނާހިލް އާއި ޔޫސުފް ކައިރީގައި ތިބޭ އިރު ހީވަނީ ވަރަށް ގާތްދެ ރަހްމަތްތެރިންހެންނެވެ.

"އެއްކަލަ ޝަރީފާ ވެސް އުޅެނީ މިކޮޅުގައެއްނު. އޭނަ ނަންބަރަށް ގުޅާބަލަ. އޭރުން ފަހަރެއްގަ އެގޭގަ ޖާގައެއް ހުރިއްޔާ އަހަރުމެންނަށް ތިބެވިދާނެއެއްނު." ސަކީނާ މަލާމާތް ރާގަކަށް ބުނެލި އެވެ. އެކަމަކު ސަކީނާ ކުރީ މަލާމާތް ކަމެއް ޔޫސުފް އަކަށް ނޭގުނެވެ.

"ހަމަ އުފަލުންތަ އޭނަގެ ވާހަކަ ތި ދެއްކީ؟" ޔޫސުފް ލާނެއް ގޮތަކަށް ބުނެލި އެވެ.
"އޭނަ އަށް ދޯ" ޔޫސުފް އޭނަގެ ވޮލެޓުން ކަރުދާސް ކޮޅެއް ނެގި އެވެ. އަދި އޭގައި އޮތް ނަންބަރަށް ގުޅި އެވެ. ދެ ފަހަރަށް ރިންގުވުމާ އެކު ފޯނު ނެގި އެވެ. ޔޫސުފް ސަކީނާ އާއި ނާހިލްގެ ކައިރިން ކުޑަކޮށް ދުރަށް ޖެހިލި އެވެ.

"ހަލޯ ޝަރީތަ. މީ ޔޫސޭ އޭ." ޔޫސުފް އޭނަކަން ޝަރީފާ އަށް އެންގުމުގެ ގޮތުން ބުނެލި އެވެ.

"ހޫނ..ކިހިނެތްވީ ޔޫސޭ؟" ޝަރީފާ ޖަވާބު ދިނެވެ.

"މި އުޅެނީ ކޮލަމްބޯ ޓާމިނަލްގަ. ނެތްތަ ޖާގައެއް." ޔޫސުފް ބުނެލި އެވެ.

"ނޫން. އަބަދުވެސް ޔޫސޭ އަށް އަހަރެން ޖާގަ ދޭނަން." ޝަރީފާ އުފަލުން ބުނެލި އެވެ.

"އަހަރެން އެކަންޏެއް ނޫން. ސަކީނާ އާއި ނާހިލް ވެސް އެބަހުރި." ޔޫސުފް ކުރުކޮށް ބުނެލި އެވެ.
"އެހެންތަ. ފަސްޓް ލޭޑީ ދޯ." ޝަރީފާ މަލާމާތް ފާޑަކަށް ބުނެލި އެވެ.

"ކުރިން ވެސް ހުރިގޭގަތަ ތި ހުރީ؟" ޔޫސުފް ސުވާލު ކުރި އެވެ.
"އޫނ. ހަމަ އެގޭގަ." ޝަރީފާ ޖަވާބު ދިނުމަށް ފަހު ފޯނު ކަނޑާލި އެވެ.
"
ދައްތާ ކޮން ބައެއް އަންނަނީ؟" ޝަރީފާ ދެއްކި ހުރިހާ ވާހަކައެއް ނަދާ އަޑު އަހަން ހުރެ ސުވާލު ކުރި އެވެ.

"އެއީ އެއްކަލަ ޔޫސުފް. ކުރީ ފަހަރުވެސް މިގޭގެ ހުއްޓެއްނު" ޝަރީފާ ސިޑިން ދެވަނަ ބުރިއަށް ދާން ހިނގައިގަންނަމުން ބުނެލި އެވެ.

ޔޫސުފް ލަންކާ އަށް އައިސް ހުންނަނީ ޝަރީފާ ހިފާފައި ހުންނަށް ގޭގަ އެވެ. އެކަމަކު ޝަރީފާއި ޔޫސުފްގެ ގުޅުމަކީ ނަދާ އެހާ ހިތްހަމަޖެހޭ ގުޅުމެއް ނޫނެވެ.
އެކަމަކު ވެސް އެކަން ސިއްރުކޮށްގެން ނުބުނެ ހުންނަނީ ދައްތަ ދެކެވާ ލޯބިންނެވެ. މި ކުޅިގަނޑު ނަދާގެ ބައްޕަ އަށް އަންގަން ވެސް ނަދާ ވަރަށް ބޭނުމެވެ.

(ނުނިމޭ)