އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު މަތިވެގެން އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ އިންޖީނުގޭގެ ޖަނަރޭޓަރުގެ ފިލްޓަކަށް މައްސަލަ ދިމާވެގެން ނިއްވާލާފައިވާ އިރު އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ނެތްކަމަށް މައުލޫމާތު ލިބެ އެވެ. އަދި ދޭތެރެ ދޭތެރެއިން ކަރަންޓް ކަޑަން ޖެހިދާނެ ކަމަށް ހަބަރު ލިބެ އެވެ.
އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ދިމާވެފައިވާ އިރު އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ބަރާބަރަށް އިންޖީނުގެ އަށް ނުލިބެ އެވެ.
މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ދޭތެރެ ދޭތެރެއިން އައްޑޫގެ ރަށްތަކުން ކަރަންޓް ކެޑޭ އިރު ރޯދަމަހުގެ ކުރިން 2 މެގަ ވޯޓް ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރާނެ ކަމަށް މަގާމުން ވަކި ކުރި އެމްޑީ ނިމާލް ވަނީ ބުނެފަ އެވެ.
އަދި މައްސަލަ ޖެހިފައި ހުރި 3 އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ހޯދައި އެ ޖަނަރޭޓަރުތައް ވެސް ހިންގާނެކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ނަމަވެސް އަދި ވެސް މައްސަލަ ހައްލު ނުވެ ދޭތެރެ ދޭތެރެއިން އަންނަނީ ކަރަންޓް ކަނޑަމުންނެވެ. އެގޮތުން އިއްޔެ ވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާފައިވެ އެވެ.