ސޮލޮވީނިއާގެ މަޝްހޫރު ކޮފީ ބްރޭންޑެއްކަމަށްވާ ބާ2000ގެ ކޮފީގެ ރަހަ ތަޖްރިބާކޮށްލުމަށް ބާއްވާ ހާއްސަ ޕްރޮމޯޝަނަލް އިވެންޓު މިއަދު ހަވީރު ސުވާދީވު ކެފޭގައި ކުރިއަށްދާނެ ކަމަށް މި ކޮފީ ރާއްޖެ އެތެރެކުރާ އެޗްއެސްސީ މޯލްޑިވްސްއިން ބުނެފިއެވެ.
އެޗްއެސްސީ މޯލްޑިވްސްއިން ބުނީ މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4 އިން އިރުއޮއްސި 6 ޖަހަން ދެން އަދި ރޭގަނޑު 8 އިން 11 ޖެހުމާއި ހަމައަށް ސުވާދީވް ކެފޭގައިކަމަށެވެ.
އެޗްއެސްސީން ބުނީ މިދޔަ ނޮވެމްބަރު މަހުން ފެށިގެން ސުވާދީވުން މި ކޮފީ ވިއްކަމުން އަންނަ ކަމަށާއި މި ޕްރޮމޯޝަނަކީ މިކޮފީގެ ރަހަ ގިނަ ބަޔަކަށް ތަޖްރިބާކޮށްލުމުގެ ގޮތުން ފަހިކޮށްދޭ ފުރުސަތެއް ކަމަށެވެ.
މިދިޔަ އޮގަސްޓު މަހު ތެރޭ ރާއްޖެއަށް ތައާރަފް ކުރި ބާ2000 ކޮފީ ސުވާދީވްގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ބައެއް ކެފޭތަކުން ލިބޭއިރު ވަރަށް އަވަހަށް ރިސޯޓުތަކަށް މިކޮފީ ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއެސްސީން ބުންޏެވެ. އެގޮތުން ވަރަށް އަވަހަށް އދ. ދިގުރަށަށް މިކޮފީ ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް އެޗްއެސްސީން މައުލޫމާތުދެއެވެ.
މިހާރުވެސް މާލޭގެ ބީ-ހަޓު، ކޮމްފޫޑް އަދި އޮއިވަރު ގެލެރީގެ އިތުރުން ރިއޯ ގްރޭންޑު ހުޅުމާލެއިން މި ކޮފީ ލިބެން ހުންނާނެއެވެ.
އެޗްއެސްސީން ބުނީ މި ކޮފީގެ 5 ބްލޭންޑެއް ރާއްޖެ ތައާރަފްކޮށްފައިވާކަމަށެވެ. އަދި މި ހުރިހާ ބްލޭންޑުތަކަކީވެސް ރާއްޖޭގެ ކޮފީ ކޮމިއުނިޓީއާއި ވަރަށް ގުޅޭނެ ބްލޭންޑުތަކެއް ކަމަށެވެ.