އޮސްޓްރޭލިއާގެ ސައުތް ވޭލްސްގައި އަނެއްކާވެސް ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލް ވެގެން ދިޔައީ ބޯކޮށް ވެހެން ފެށި ވާރޭގެ ސަބަބުންނެވެ.
މިދިޔަ އަހަރު ޑިސެމްބަރު ފަހުކޮޅާއި މިއަހަރުގެ ޖެނުއަރީ ކުރީކޮޅުވެސް އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އެންމެ ބޮޑަށް އަލިފާނުގެ އަސަރު ކުރި ސިޓީއަކީ ނިއު ސައުތް ވޭލްސް އެވެ. އެހިސާބުގެ އެތައް ސިޓީ އެއް ހުސްކުރަން މަޖުބޫރުވިއިރު ގެތައް އަނދާ ހުލިވެ، ފަސް މިލިއަނެއްހާ ޖަނަވާރުން ވަނީ މަރުވެ ގޮސްފައެވެ.
އެފަހަރު ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ވާރޭ ވެހުމުގެ ސަބަބުންނެވެ. އަނެއްކާ މިމަހު ކުރީކޮޅުވެސް ރޯވާން ފެށި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުން ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތް ލުއިކޮށްދިނީ އުޑުން ވެހުނު ވާރޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
މިހާރު ވާރޭގެ ސަބަބުން ރޯވި އަލިފާންގަނޑުގެ ތިން ބައިކުޅަ އެއްބައި ނިވިފައިވާ ކަމަށާއި، ވާރޭ ވެހި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބީބީސީ އިން ވަނީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.
އޮސްޓްރޭލިއާ އަށް މިދުވަސްކޮޅަކީ ހޫނު މޫސުމް ކަމުގައިވާއިރު ހޫނު ގަދަވެ އަލިފާން ރޯވުމަކީ އާންމު ކަމެކެވެ. ނަމަވެސް އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އޮފިޝަލުން އަބަދުވެސް މަސައްކަތްކުރެއެވެ.