އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމަޔަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުންނާ" މިނެކިރީތީވެ އެކަމާއި ލަދުވެތިވެ، ކަންބޮޑުވެ އަދި ދެރަވާކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުގޫބު މިފަދައިން ވިދާޅުވީ ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެެއިން ޝަހީމް (އަނދުން ހުސެއިން) މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ އެތައް އަހަރެއް ވެފައިވާއިރު އެރައްޔިތުން އެޅެމުން އަންނަނީ ފަލަސްޠީނު ރައްޔިތުން އުޅެމުންދާ ގޮތަށްކަމަށް ސިފަ ކުރައްވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައެވެ.
ރޭ އަނދުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިންކޮޅެއްވެސް ފްލެޓެއް ވެސް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު، މާލެ ރައްްޔިތުން ތިބީ ކެތްތެރިކަމާއި އެކު އެކަން ބަލަން ކަމަށެވެ.
ޔައުގޫބު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
އަނދުން ހުސެއިން ރޭ ދެއްކެވި ވާހަކަފުޅަށް ބައެއް މެމްބަރުން ދަނީ ހިތް ހަމަ ނުޖެހުން ފާޅު ކުރައްވަމުންނެވެ.