ދިވެހި ރާއްޖޭގައި މޫސުމީ ކުއްލި ހާލަތު އިއުލާން ކުރީ ބޭރު ދުނިޔެއަށް އެކަން ކުރިކަން ދެއްކުވުމުގެ ބަދަލުގައި އަޅަން ޖެހޭ އަމަލީ ފިޔަވަޅުތައް ވަގުތުން އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.
ސަރުކާރު މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓާއެކު އިއްޔެ ވަނީ ރާއްޖެ އޮތީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި ކަމަށް ނިންމައި، ކުއްލި ހާލަތު އިއުލާން ކުރުމަށް ފާސްކޮށްފައެވެ.
ޓީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، ނަމަވެސް އެ ފިޔަވަޅު އެޅީ ހަމައެކަނި ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް ކަމަށް ނަހަދާ، ތިމާވެއްޓަށް ގެއްލުންވާ ހުރިހާ ކަންތައްތަކެއް ވަގުތުން ހުއްޓާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.
The decision by the Parliament to acknowledge that we are living in a #ClimateEmergency is an important first step. However, we should not just declare an emergency just for the sake of getting attention of the international community and continue business as usual. https://t.co/3bSjVsz6K6
— Transparency MV (@TransparencyMV) February 12, 2020
އެގޮތުން ގިނަ އަދަދެއްގެ ރުއްގަސް އެއްފަހަރާ ނެގުމާއި ކަނޑުފަޅުތައް ހަލާކުކުރުވާ މަޝްރޫއުތައް ހުއްޓާނުލާ ތިމާވެއްޓަށް ކުރާ ގެއްލުންތައް މަދުކުރެވޭނެ ގޮތެއް ނެތް ކަމަށް ޓީއެމް އިން ދެކެއެވެ.
މޫސުމީ ކުއްލި ހާލަތު އިއުލާންކުރުމަށް ފަހު ވެސް ކަނޑާއި ފަޅު ހިއްކުމާއި ރަށްރަށުގެ ތިމާވެށި ހަލާކުކޮށްލުމަށް ފަހު އަޅާ އެއާޕޯޓުތައް އެޅުން މަޑުޖައްސާލަން ސަރުކާރުން ގަސްދުނުކުރާތީ ވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.