ކައުންސިލް އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުމަށް އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއަށް އާދަޔާ ޚިލާފު ފިނި ތަރުހީބެއް ލިބިއްޖެއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ މިޖަލްސާގައި ބައިވެރިވުމަށް އާންމުންގެ ތެރެއިން ގޮސްފައިވަނީ ވަރަށް މަދު ބަޔެއް ކަން ސޯޝަލް މީޑިޔާގައި ފެންނަ ފޮޓޯތަކުން ފެނިގެން ދެއެވެ.
މީގެ ކުރިން އެމްޑީޕީގެ ޖަލްސާތަކުގައި ފެންނަ މަންޒަރަކީ ޖަހާފައިވާ ގޮނޑިތައް ފުރިގެން ކައިރި ހިސާބުތަކާއި މަގުމަތީގައި ކޮޅަށް ވެސް މީހުން ތިބޭ މަންޒަރެވެ.
އެމްޑީޕީގެ ޖަލްސާގައި ހުސްގޮނޑި ގިނަވެފައިވާއިރު ސޯޝަލް މީޑިޔާގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕޭނެއް ވެސް ވަނީ މިހާރު ފަށާފައެވެ.