ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުސަތު މިހަފްތާގެ ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ދިނުމަށް ނިންމައިފިއެވެ.
މީގެކުރިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް ކަނޑައަޅާފައިވާ ދުވަހަކީ މިއަދު ހިނގަމުންދާ މަޖިލީހުގެ ޖަލްސާއެެވެ. ނަމަވެސް މިއަދުގެ ޖަލްސާއަކަށް އެކަމެއް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަހަރަށް މަޖިލިސް ހުޅުވައި ދެއްވައި ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ދިނުމަށް ނިންމާފައިވަނީ މިއަދު ހިނގަމުންދާ މަޖިލީހުގެ ޖަލްސައަށެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް މިމަސައްކަތް އެޖެންޑާ ކޮށްފައެއްނުވެއެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދިނުމާއި ގުޅޭގޮތުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ބަޔާނަށް ޖަވާބު ދިނުމުގެ ފުރުސަތު އަންނަ ބުދަދުވަހަށް ފަަސްކުރެވިފައިވާކަމަށެވެ. އަދި އެޕާޓީއަށް އެކަން އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފެށި ދެވަނައަށް ވީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވަނީ ހަމަޖައްސާފައެވެ.