ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މުހައްމަދު އިބްތިހާލު ގަސްތުގައި ނުމަރާ ކަމަށް އިބްތިހާލު ގަސްތުގައި މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދު ބުނެފިއެވެ.
އިބްތިހާލް މަރާލި މައްސަލަައިގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އެދިއްޖެއެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިހާލުގެ ފުރާނަ ގޮސްފައިވާތީއެވެ. އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކި ފަހަރުމަތިން އިބްތިހާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ އަމަލުކޮށްފައިވާތީއެވެ.
މި މައްސަލާގައި މިއަދު ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. މި މައްސަލާގައި ދައލަތުން މި މައްސަލަ އާފިޔާގެ މައްޗަށް "ޝައްކެއް ނެތް" މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އާފިޔާގެ މައްޗަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން ވަނީ މި މައްސަލާގައި އާފިޔާ ކުށަށް އިއުތިރާފުވެފައިވާކަން ފާހަގަކޮށްފައެވެ. ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފެއް ކަމަށާއި ގާނޫނީ ހަމަތަކުން ބަލާއިރު، އާފިޔާގެ އެ އިއުތިރާފަށް ރުޖޫއު ނުވެވޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ. ނަފްސާނީ ޑޮކްޓަރުންގެ ރިޕޯޓުތަކަށް ބަލާއިރުވެސް އާފިޔާއަކީ ހަމަ ބުއްދި ފިލައިގެންދާ ވަރުގެ އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫންކަން ސާބިތުވާ ކަމަށާއި އާފިޔާގެ ވިސްނުމުގެ ތޫނުފިލި ކަމާއި، ކަންކަން ދެނެގަތުމުގެ ގާބިލިއްޔަތުކަން އާދައިގެ އެހެން އިންސާނުންނެކޭ އެއް ހަމައެއްގައި ހުރި ކަމަށް ނަފްސާނީ ޑޮކްޓަރުންނާއި ހަވާލާދީ ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލައިގައި އާފިޔާ ފުލުހުންނަށް ދީފައިވާ ބަޔާންވެސް ވަނީ އެއްކޮށް ކިޔާފައެވެ. މި ހުރިހާ ކަމެއް އިއްވުމުން އާފިޔާ ބުނީ ގަސްތުގައި އޭނާ އިބްތިހާލުގެ އިތުރުން އެއްވެސް ކުއްޖަކު މަރާލާފައި ނުވާނެ ކަމަށާއި ގަސްތުގައި އަނިޔާ ކޮށްފައިވެސް ނުވާނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ ރިޕޯޓަކީ އެކަމުގައި އެއްވެސް އަސްލެއް އެކުލެވިގެންވާ އެއްޗެއް ނޫން ކަމަށާއި އެކަމުގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް އޭނާ ބުންޏެވެ. ޤަސްތުގައި ކުއްޖަކު ނުމަރަން، އަނިޔާއެއްވެސް ނުކުރަން ޤަސްތުގަައެއް، ޑޮކްޓަރުގެ ރިޕޯޓްވެސް އެއީ ހުސް ދޮގު، އެއްފަހަރު އެކައްޗެކޭ ނުވެސް ކިޔާ، އިތުރަށް ދައްކަން ބޭނުން ވާހަކައެެއް ނެތް
މައްސަލައިގެ ހުކުމް އިއްވުން އޮތީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.