ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއަށް އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ސަރަހައްދު ފުރާލައިފިއެވެ.
ޕީޕީއެމްއިން މިރޭ ކުރިއަށްދާ ޖަލްސާގައި އެޕާޓީން ޖެހި ހުރިހާ ގޮޑިއެއް ފުރިފައިވާ އިރު އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެއެވެ. ޕީޕީއެމްއިން ބުނީ ޖަލްސާ ފެށުމުގެ ބައިގަޑި އިރު ކުރިން ގޮޑިތައް ފުރިފައިވާ ކަމަށެވެ.
ޕީޕީއެމް ޖަލްސާއަށް ގިނަ ބަޔަކު މިރޭ ނިކުމެފައިވާ އިރު އެމްޑީޕީން ކައުންސިލް އިންތިހާބު ރަސްމީކޮށް ފެށުމަށް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިވީ މީހުން މަދުކަމުން އެޕާޓީއަށް ދަނީ ގިނަ ފާޑު ކިއުން އަމާޒުވަމުންނެވެ.