އިދިކޮޅު ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއިން ފެނިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށް ރައީސް ޔާމީން ސަރުކާރުގައި ފުރަތަމަ ނާއިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއިން ފެނިގެން ދިޔައީ ރައްޔިތުން ތިން ކަމަކަށް ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. އެގޮތުން އާއްމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ނަޝީދުގެ ސިޔާސަތުތަކަށްވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.
PPM ge reyge jalsaa in fenigen dhiyaee, Raees Yameen aai PPM sarukaaru ge ikhlaastheri masaikah rayyithun balaigenfikan. Adhi 3 kamakah Rayyithun noonekey bunefikan.
1. Islam Dheen aai minivankamah gonjehun.
2. Aanmuvamun dhaa corruption ge amaluthah.
3.RN ge siyaasathuthah. pic.twitter.com/qIcCC7RvNC— Mohamed Jameel Ahmed (@MJameelAhmed) February 29, 2020
ރޭގެ ޖަލްސާގައި ޕީޕީއެމްއިން ވަނީ މުޅި ކާނިވާ ސަރަހައްދު ފުރާލާފައެވެ. މީގެ ހަފްތާއެއްގެ ކުރިން ހަމަ ކާނިވާ ސަރަހައްދުގައި ސަރުކާރު ހިންގާ މައިޕާޓީގެ ޖަލްސާއެއްވެސް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އެ ޖަލްސާއަށް ލިބިގެން ދިޔައީ ވަރަށް ފިނި ތަރުހީބެކެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. އަދި މިހާރުވެސް ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް އާއްމު މެންބަރުން ރޭ ޕީޕީއެމްގެ ޖަލްސާ ފެނި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަން "ލަދު" ގަންނަ ކަމަށް ބުނެވެސް ދަނީ ވާހަކަދައްކަމުންނެވެ.