Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ލިންކު ރޯޑުގައި ހުންނަ މަރުކަޒީ އިންޖީނުގޭ ހުންނަ ސަރަހައްދުންނެވެ. އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ސައިކަލު ދުއްވަން ހުރި ފަރާތަށް ކަމަށް މައުލޫމާތު ލިބެއެވެ.

އަނިޔާވި އަންހެން މީހާ މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެކްސިޑެންޓުވި ސައިކަލާއި ކާރަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

އިތުރު ތަފްސީލު އަންނަނީ..