Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އާމްދަނީއަށްވުރެ ދައުލަތުން ކުރި ހަރަދުތައް އިތުރުވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަލާމް ކުރައްވަނީ -- ސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ ވައުދުވި ވަރަށްވުރެ ބޮޑުތަނުން މައްޗަށް ގޮސްފައި: ފޮޓޯ / ރައީސް އޮފީސް

އާމްދަނީގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނުއިރު، 3.9 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ދަތުރުތަކަށް އެކަނިވެސް 22.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަތުރުތަކަށް ހޭދަކުރި އަދަދަށްވުރެ މަދު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 29.2 މިލިއަން ހަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އާސަންދައަށް ދައުލަތުގެ ބަޖެޓުން ފާއިތުވި އަށް ހަފްތާ ތެރޭގައި 99 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޓެކުސް ނޫން ގޮތުން ލިބުނު އާމްދަނީ ދައުލަތަށް ވަނީ ދަށަށް ގޮސްފައެވެ. ދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާއެވެ.

ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މި އަދަދު 1.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.