ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓަށް ޒަމާނީ އާލާތްތަކެއް ގެނެސްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ.
މިފަހަކަށް އައިސް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުނހް ރޭވިގެން މިކަން ކުރިޔަށް ގެންދާތީއެވެ. އެގޮތުން ފުލުހުންނަށް އުނދަގުވާނެ ފަދަ އެތައް ކަމެއް އެތަންތަނުގައި ހުންނަނީ ކޮށްފައެވެ. އަދި ފުލުހުން އެތަންތަނަށް ވަދެވޭއިރު މަސްތުވާތަކެތިތައް ނައްތާލުމާއި ފައިސާތައް ފޮރުމުގެ އެތައް އަމަލެއް ހިންގައެވެ. އެ ހުރިހާ ކަމެއް ކުރަނީ ފުލުހުންގެ އަތުގައި ވަގުތު ސަލާމަތް ކޮށް އެތަންތަން ފަޅާލާނެ ޒަމާނީ އާލާތްތައް ނުހުންނާނެކަން މިފަދަ އަމަލުތައް ހިންގާ މީހުންނަށް އެނގޭތީއެވެ.
We have equipped Drug Enforcement Department’s operations team with some advanced equipment to enable operational efficiency and effectiveness in high risk and challenging environments. #operationalreadiness #volumeandhighimpactcrimes #counternarcotics pic.twitter.com/WGuLI9BY9b
— Mohamed Hameed (@M_Hameedh) March 5, 2020
ފުލުހުންގެ މިފަދަ އޮޕަރޭޝަންތަކުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ދަގަނޑު ގޭޓުތަކުން އެފަދަ އަމަލުތައް ހިންގާ ތަންތަން ބަންދު ކޮށްފައި ބެހެއްޓުމެވެ.
މިއަދު ޑީއީޑީ އޮޕަރޭޝަނަށް އިތުރުކުރި އާލާތްތަކުގެ ތެރޭގައި ތަޅާއި، ދަގަނޑު، ޗޭނު އަދި ދަގަނޑު ތޮރުފަން ބޭނުންކުރާ "ސްޓްރޯންގްއާމް" ހިމެނެއެވެ. މިތަކެތީގެ ސަބަބުން ފުލުހުން ކުރިޔަށް ގެންދާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގެ ވަގުތު ސަލާމަތް ކޮށްދޭނެއެވެ. މި އާލާތްތަކުގެ ތެރޭގައި "ބްރީޗިން ކިޓް" ވެސް މިއަދު ވަނީ ޑީއީޑީގެ އޮޕަރޭޝަނަށް އިތުރުކޮށްފައެވެ. މިއީ ދޮރު ވައްޓާލުމަށް ހާއްސަ ކޮށްފައިވާ އާލާތެކެވެ.