ކުރުގާ ގޯދިއްޔާ ފުޓްސަލްގައި ގްރޫޕް ސީގެ ޝަންގްރިއްލާ ޔުނައިޓެޑް އާއި އަބާނީ ބައްދަލުކުރި މެޗް 6-1 ލަނޑުން ޝަންގްރިއްލާ މޮޅުވެ ގްރޫޕް ސީގެ އެއްވަނަ ހޯދައިފި އެވެ.
ޝަންގްރިއްލާއަށް ލަނޑުތައް ޖަހާދީފައިވަނީ އިބްރާހިމް މުހައްމަދު އާއި މުހައްމަދު ތިލްމީޒު (ބިއްޑޭ) އަދި އަހުމަދު ޝާފިއުގެ އިތުރުން އަހުމަދު ސައީދު އެވެ.
އިބްރާހިމް މުހައްމަދު އާއި ބިއްޑޭ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ސްކޯ ކޮށްފައެވެ. އަބާނީގެ ހަަމައެކަނި ލަނޑަކީ އެ ޓީމަށް ލިބުނު ޕެންލްޓީއަކުން ނޫރު އިބްރާހިމް ކާމިޔާބް ކޮށްދިން ލަނޑެވެ.
ރޭ ގްރޫޕް ޑީގައި ޒިލޯން އާއި ކެންޑާ އެފްސީ ބައްދަލުކުރި މެޗް 4-2 ލަނޑުން ކާމިޔާބް ކޮށް ޒިލޯންވަނީ ގްރޫޕް ޑީގެ އެއްވަނަ ހޯދާފަ އެވެ.
ޒިލޯން އަށް ލަނޑުޖަހައި ދިނީ އަބްދުﷲ ޝައްފާން އާއި ހަސަން ނަސީރުއެވެ. ޝައްފާން ވަނީ 3 ލަނޑު ޖަހައި މޮޅު ކުޅުންތެރިއާ ހޯދާފަ އެވެ.
ކެންޑާ އެފްސީއަށް ލަނޑުޖަހައިދިނީ ހަސަން އިގްބާލް އާއި ހަސަން ސައީދު އެވެ. ކެންޑާއަށް ލިބުނު ޕެނަލްޓީ ވަނީ މިސްވެފަ އެވެ.
ގްރޫޕް އޭގެ އޯޕީއެޗް ސްޕޯޓްސް އާއި ފްރެންޑްސް ކްލަބް ކުޅުނު މެޗް 4-5 ލަނޑުން ކާމިޔާބް ކުރީ ފްރެންޑްސް ކްލަބެވެ.
އޯޕީއެޗްއަށް ލަނޑުޖަހައި ދިނީ އިބްރާހިމް މުހައްމަދު ދީދީ އާއި އަލީ ލުޠުފީއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 2 ގޯލް ސްކޯކޮށްފަ އެވެ.
ފްރެންޑްސް ކްލަބަށް ލަނޑުޖަހައި ދިނީ މުހައްމަދު ރިއްފަތު އާއި މުބީން އަހުމަދު ރަޝީދުއެވެ. ރިއްފަތު ވަނީ 3 ގޯލް ޖަހާފައެވެ. އަދި މުބީން ވަނީ 2 ގޯލް ޖަހާފަ އެވެ. މޮޅު ކުޅުންތެރިއަކީ ރިއްފަތު އެވެ.
މިރޭ ކުޅޭ ފުރަތަމަ މެޗްގައި ނިކުންނާނީ މާކަރީ ޔުނައިޓެޑް އާއި ޔުނިއަން ސްޕޯޓްސް އެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ އެފްއާރްޓީ އާއި ޓިއެފްޓީ އެވެ. ފަހު މެޗްގައި ކުޅޭނީ ޔަންގް ވަންސް އާއި ރެސްކިއު އެވެ.