Last Updated: November 23, 21:59
Saturday, November 23, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮވިޑް އަށް ޕޮސިޓިވްވި މީހުންގެ އަދަދު ލައްކައަށް ވުރެ މައްޗަށް

A doctor and paramedics from the Emergency Medical Care System (SAMU) of Jalisco stand inside the mobile intensive care medical unit the UTIM, the first in Latin America equipped to transfer people infected with the COVID-19 virus in Guadalajara, Jalisco state, Mexico on March 2, 2020. (Photo by Ulises Ruiz / AFP) (Photo by ULISES RUIZ/AFP via Getty Images)

ކޮވިޑް 19 ވައިރަސް ޖެހުނު މީހުންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ.

ޔޫރަޕުގައި މިހާރު ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު އިޓަލީއާއި ފްރާންސު، ޖާމަނީ އަދި އިނގިރޭސި ވިލާތުގައި ވެސް އަންނަނީ ޕޮސިޓިވް ވިމީހުންގެ އަދަދު އިތުރުވަމުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ޔޫކޭގައި 48 މީހަކު ވަނީ ވައިރަސްއަށް ޕޮސިޓިވް ވެފައެވެ.

އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕަށް ބަލާއިރު ފްރާންސުގައި ވެސް މިހާރު ވަނީ ހަލުވިކަމާއެކު މިބަލި ފެތުރެން ފަށާފައެވެ. އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުގައި ފްރާންސުގައި ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 577 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 9 އަށް ވަނީ އަރާފައެވެ.

ޖަރުމަނުވިލާތުގައި ވެސް ކޮވިޑް އަށް ޕޮސިޓިވް ވެފައިވާ 534 މީހުން އެބަތިއްބެވެ. ނަމަވެސް ޖަރުމަނުން މިހާތަނަށް މިބަލީގައި މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ޔޫރަޕުގައި އެންމެ ބޮޑަށް ކޮވިޑްގެ އަސަރު ކުރަމުން އަންނަނީ އިޓަލީއަށެވެ. އިޓަލީގައި މިހާރު 3858 މީހުން ޕޮސިޓިވްވެ، 148 މީހުން ވަނީ މަރުވެފައެވެ.