Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ޓޮމް ހޭންކްސްއާ ރިޓާ ވެސް ކޮވިޑް-19 އަށް ޕޮސިޓިވް

Mandatory Credit: Photo by David Fisher/Shutterstock (10525963jj) Tom Hanks and Rita Wilson 26th Annual Screen Actors Guild Awards, Arrivals, Shrine Auditorium, Los Angeles, USA - 19 Jan 2020

ހޮލީވުޑްގެ މައްޝޫރު އެކްޓަރ ޓޮމް ހޭންކްސް އަދި އޭނާގެ އަންހެނުން ރިޓާ ވިލްސަން ވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ޓޮމް އަދި ރިޓާ، 63، އަށް ކޮރޯނާވައިރަސް ޖެހިފައިވަނީ އޮސްޓްރޭލިއާ ގައި ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރޯނގާ ޖެހި ގައިގެ އެކި ތަންތަނުގައި ރިއްސާ ހެދުމުގެ ސަބަބުން ދެ މީހުން ވެސް ބައްޔަށް ޓެސްޓުކުރިއިރު ދެމީހުންވެސް ޕޮސިޓިވް ވެފައިވާ ކަމަށާއި، ދެން މަސައްކަތް ކުރާނީ ބަލިން ފަސޭހަ ވުމަށް ކަމަށް އިންސްޓަގްރާމް ޕޯސްޓެއްގައި ޓޮމް ބުނެފައިވެއެވެ.

އަދި މިވަގުތު ދެމީހުން ވެސް ވަނީ ފަރުވާ ދިނުމަށް އެކަހެރިކޮށްފައެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން އިއްޔެ ވަނީ، ކޮވިޑް-19 އަކީ ބައިނަލްއަގުވާމީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކުގައި ގެއިން ބޭރަށް ނިކުތުމާއި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ސަރުކާރުތަކުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.