ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަމީން ވިދާޅުވީ އެކަން އިއުލާން ކުރެއްވީ "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ މުޅި ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ގުޅިގެންނެވެ. އަދި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ….