Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

އައްޑޫ އިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޓެސްޓެއް ނުކުރޭ

މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއަށް އެއްވެސް މީހަކު އައްޑޫ ސިޓީއިން ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައިނުވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން ބާއްވާ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައްޑޫ ސިޓީ އިން އެއްވެސް މީހެއްގެ ސާމްޕަލް ނެގިފައިނުވާ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އައްޑޫގައި މިބައްޔަށް ޝައްކުކުރެވޭ މީހަކު ހުރި ކަމަށް ބުނެ އަޑު ފަތުރާފައެވެ.

ސަރުކާރުން ވަނީ މިފަދަ ދަނޑިވަޅެއްގައި ވައިރަސް އާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ގޮވާލާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވެ ސަރުކާރުން ވަނީ މިއަދު ސިއްހީ ހާލަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.