މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އިންޑިއާއިން ދެވަނަ މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.
އިންޑިއާއިން ބުނީ މި ބަލީގައި އެގައުމުން މަރުވި ދެވަނަ މީހަކީ އުމުރުން 69 އަހަރުގެ އަންހެނެއްް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ދިއްލީ ހޮސްޕިޓަލަށެވެ.
އިންޑިއާއިން މި ބަލީގައި މަރުވި ފުތަރަމަ މީހާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ 76 އަހަރުގެ ފިރިހެނެކެވެ.
އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނެފައިވަނީ އެގައުމުން މަރުވި ފުރަތަމަ މީހާއަކީ ސައުދީ އަރަބިއާއަށް ދަތުރުކުރުމަށްފަހު ގައުމަށް އައި މީހެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ ނިއުމޯނިއާއަށް ފަރުވާ ދެމުން ދަނިކޮށެވެ.
އިންޑިއާގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 80 އަށް ވުރެ ގިނަ މީހުން ތިބި އިރު ބަލިޖެހިފައިވާ މީހުންނާއި ކޮންޓެކްޓުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިންޑިއާއިން އަންނަނީ ބަލި އެގައުމުގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުންކުރާ ވެހިކަލް ތައް ޑިސްއިންފެކްޓު ކުރަމުން އަންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.