Last Updated: November 28, 14:43
Thursday, November 28, 2024
ޚަބަރު

ކޮވިޑް19 އާ ގުޅިގެން އިތުރު ސަފާރީއަކުން ދެ މީހަކު ޓެސްޓު ކުރަނީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން، ފޮޓޯ: މިހާރު

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން އިތުރު ސަފާރީއަކުން ދެ ބިދޭސީއަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެކުރިންވެސް ސަފާރީއެއްގައި ތިބި ދެ ބިދޭސީއެއް ކޮވިޑް19 އަށް ޓެސްޓު ކުރިއެވެ. އެ ދެ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.