Last Updated: November 24, 05:46
Sunday, November 24, 2024
ދުނިޔެ

ކޮވިޑް-19: ޗައިނާ އިން އިއްޔެ ޕޮސިޓިވްވީ އެންމެ މީހެއް

ކޮވިޑް-19 އަށް ޗައިނާއިން އިއްޔެ ޕޮސިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް އެގައުމުން ބުނެފިއެވެ.

އިއްޔެ ޗައިނާ ގައި ދިރިއުޅޭ މީހުންގެ ތެރެއިން އެންމެ މީހަކު ޕޮސިޓިވްވި ނަމަވެސް އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވި 20 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.

ޗައިނާގެ ވޫހާން ސްޓޭޓުން ފެތުރެން ފެށި މިވައިރަސް މިހާތަނަށް އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ޗައިނާގައެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއިން ބަލި ފެތުރުން ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެގޮތުން މިހާރު ޗައިނާގައި ބައްޔަށް ޕޮސިޓިވްވާ މީހުން އަދަދު ބޮޑުތަނުން މަދުވެފައިވާއިރު މަރުވާ މީހުންގެ ނިސްބަތް ވެސް ވަނީ މަދުވެފައެވެ.

އަދި ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ ގައުމުތަކުން މީހުން ޗައިނާއަށް އެތެރެވުން ވަނީ މަނާ ކޮށްފައެވެ.

ކޮވިޑް-19 ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިފައިވާއިރު 2 ލައްކައެއްހާ މީހުން މިހާރު ވަނީ ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި މަރުވި މީހުންގެ އަދަދު 8،000 އާ ގާތްކުރެއެވެ. ފަސޭހަވި މީހުންގެ އަދަދު 79،000 އަށްވުރެ ގިނައެވެ.