Last Updated: September 30, 06:48
Monday, September 30, 2024
ޚަބަރު

ފަން އައިލެންޑް ރިސޯޓު ކަރަންޓީނު ފެސިލިޓީއަކަށް

ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް އެވެ.

ފަން އައިލެންޑް ރިސޯޓާއެކު މިހާރު މާލެ ސަރަހައްދުގައި ފަސް ކަރަންޓީނު ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައެވެ.

އެގޮތުން ފަރުކޮޅުފުއްޓާއި ވިލިވަރާއި ވެލިދޫ އަދި ހުޅުލެ އައިލެންޑް ހޮޓެލް ވެސް ވަނީ ކަރަންޓީނު ފެސެލިޓީއެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

13 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.