ޔޫއޭއީގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މެދު އިރުމަތީގެ ހަބަރު ގެނެސްދޭ ހަލީޖު ޓައިމްސްއިން ބުނެފައިވަނީ ޔޫއޭއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑު ޕްރޮޓެކްޝަނުން ހާމަކޮށްފައިވާ ކަމަށެވެ.
ޔޫއޭއިން މިއަދު އެކަނިވެސް 50 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތައްވެސް ވަނީ ހާމަކޮށްފައެވެ.
ޔޫއޭއިން ދިވެއްސަކު ކޮވިޑު-19އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވާ އިރު މިހާތަނަށް މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.
ތަފްސީލް އަންނަނީ…..